ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ޅ. ނައިފަރުގައި ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:10 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance