ޚަބަރު

ކުޑަކުދިންގެ ހިޔާ ހިންގުން ވަގުތީ ގޮތުން ޖެންޑާގެ ޑިރެކްޓަރަކަށް

ދެން އެމްވީ ، ދެން އޮންލައިން

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ވަގުތީ ގޮތުން ހިންގުން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރެއްގެ ދަށަށް ބަދަލުކޮށްފިއެވެ.

Ads by STELCO

ކުޑަކުދިންގެ ހިޔާގެ އިސްވެރިޔަކަށް މީގެ ކުރިން ހުންނެވީ، އަބްދުއްޝުކޫރު އަބްދުލް ހަކީމްއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެމަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ވަނީ ވަގުތީ ގޮތުން ދުރުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުޑަ ކުދިންގެ ހިޔާ މިހާރު ހިންގަނީ މިނިސްޓްރީގެ ޑިރެކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެއީ ސިވިލް ސާވިސް މުވައްޒިފަކަށް ވުމުން އެމީހާގެ ނަމެއް އޮފިޝަލް ހާމައެއް ނުކުރައްވައެވެ.

ކުރިން އެ މާގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވަނީ ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެޗްއާރްސީއެމުން ބަލަމުން އަންނަނީ އޭނާގެ ކޮން މައްސަލައެއްކަން އެނގިފައެއް ނުވެއެވެ. ހިޔާގެ ސީއީއޯގެ މަގާމަށް އޭނާ އައްޔަންކޮށްފައި ހުންނެވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!