ޚަބަރު

ޗަމްޕާ ބްރަދާސްއަށް ދޫކުރި 3.5 މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކުރި އެސްއޯއެފް ކުންފުނިން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ޗަމްޕާ ބްރަދާސް ކުންފުންޏަށް ދޫކޮށްފައިވާ 3.5 މިލިއަން ޑޮލަރު (54 މިލިއަން ރުފިޔާ) ގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ޖަވާބުދާރީވާން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާކަން ހާމަވެއްޖެއެވެ.

Ads by MWSC

އެސްއޯއެފުން ބުނެފައި ވަނީ، ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތުން ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ޑޮލަރުގެ މުއާމަލާތު ކޮށްފައި ވާއިރު އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.

ޗަމްޕާ ބްރަދާސްއިން ޖަވާބުދާރީވާން އަންގައިފައި ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ކޮށްފައިވާ މުއާމަލާތުތަކަކާ ގުޅިގެންނެވެ.

މި މައްސަލަ ތަހުގީގުކުރާ، އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުގައި ބުނެފައި ވަނީ އެ ފައިސާ ޗަމްޕާ ބްރަދާސްގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވަނީ ފައިސާގެ އަސްލު އޮޅުވައިލައި، އެ ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރަންކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

މިއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުށަކަށް ވާތީ އެކަމުގައި ޖަވާބުދާރީވާނެ ފަރާތެއް ކުންފުނިން ކަނޑައަޅައި އެކަން މިދިޔަ މާޗު 15 ކުރިން އެސެޓް ރިކަވަރީ ކޮމިޝަނަށް އަންގަން އެ ކޮމިޝަނުން ވަނީ އަންގައިފައެވެ. ނަމަވެސް މި ތުހުމަތާ ގުޅިގެން އަދި ސުވާލު ކޮށްފައި ނުވާކަން އެނގިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!