ޚަބަރު

60 ޖަލު އޮފިސަރުން ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ފިރިހެން ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކުގައި މަސައްކަތް ކުރާނެ ޕްރިޒަން އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

Ads by STELCO

ކަރެކްޝަންސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފިރިހެން ގައިދީންނާއި ބަންދުގައި ތިބޭ މީހުން ބަންދު ކޮށްފައި ތިބޭ ޖަލުތަކަށް 60 އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުގައި ޖަލު އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6050 ރުފިޔާ ލިބޭނެއެވެ. އަދި ޕްރޮބޭޝަން މުއްދަތު ނިމުމުން ސާވިސް އެލަވަންސާއި އެހެނިހެން އެލަވަންސްތައް ހިމަނައިގެން މަހަކު 15،072 ރުފިޔާ ލިބޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ 18 އަހަރާ 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

މީގެ އިތުރުން، ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް މީހަކަށްވެސް ވެގެން ނުވާނެ ކަމަށް ވަނީ އިއުލާނުގައި ބުނެފައެވެ.

ޕްރިޒަން އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު ފެބުރުއަރީ 9 އެއް ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިސެޕްޝަނަށް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!