Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

20 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

20 ފުޅި ބަނގުރަލާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އިން މާލެ އަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއްގައި ބަނގުރާ ހުރި ކަމަށް މިއަދު ހަވީރު 5:14 ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން އެ ސަރަހައްދަށް ގޮސް އެ ޓެކްސީ ހުއްޓުވައި، ޓެކްސީގެ ޑިކީގައި ހުރި ދަބަސްތަކެއް ބަލައިފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް