ޚަބަރު

ޕީޕީއެމް ޕްރައިމަރީއަށް 1146 މީހުން ކުރިމަތިލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް 1،164 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Sosun Fihaara

ކައުންސިލް އިންތިހާބަށް ޕީޕީއެމުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ދެއްވަމުން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޕާޓީގެ ޓިކެޓް ދޭނެ ފަރާތްތަކެއް ކަނޑައެޅުމަށް ޕްރައިމަރީ ގިނަ ދާއިރާތަކުގައި ބާއްވަންޖެހޭ ކަމަށެވެ.

އެގޮތުން މުއާޒު ވިދާޅުވީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އަތޮޅެއްގެ 51 ރަށުގެ އިތުރުން ހަތަރު ސިޓީގައި ކަމަށެވެ.

މީގެއިތުރުން މުއާޒު ވިދާޅުވީ ޕްރައިމަރީގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 258 ޝަކުވާ ވޯޓާސް ލިސްޓަށް ލިބުނު ކަމަށާއި ހުރިހާ ޝަކުވާތަކެއް ބެލިއިރު އޭގެ ތެރޭގައި ގިނައިން ޝަކުވާކޮށްފައި ހުރީ ޕީޕީއެމްގައި ކުރީއްސުރެ ވެސް ތިބި މެމްބަރުން، ޕާޓީގެ ދަފްތަރުން އުނިވެފައި ހުރުމުން ކަމަށް މުއާޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ދަފްތަރު އެކުލަވާލުމުގައި ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް ދަފްތަރުގައި ހުރި ޝަކުވާތަކަށް އެޓެންޑު ކުރުމަށްފަހު 80 ޕަސެންޓު ރަށްތަކަށް ވޯޓާސް ލިސްޓު ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!