ރިޕޯޓް

މުރަނގަތޮޅި: ނުކައި ދޫކޮށްލާ ވަރުގެ ތަރުކާރީއެއް ނޫން

ދެން އެމްވީ ، ދެން އޮންލައިން

ތަރުކާރީގެ ކޮންމެ ބާވަތަކީވެސް، އެ އެއްޗެއްގެ ޒާތުގައި ހަށިގަނޑަށް ފައިދާ ކުރުވަނިވި އެތައް މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. އެގޮތުން އަޅުގަނޑުމެންގެ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާ ކުރާނެ ފަދަ މާއްދާތަކުން މުއްސަނދި ވެފައިވާ އެއް ތަރުކާރީ އަކީ މުރަނގަތޮޅިއެވެ. މުރަނގަތޮޅި އަކީ ދިވެހިންގެ ތެރޭގައިވެސް އާއްމު ގޮތެއްގައި ކެއުމަށް ބޭނުން ކުރާ ތަރުކާރީ އެކެވެ.ވުމާއެކި މުރަނގަތޮޅި އަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ތަރުކާރީ އެއް ނޫނެވެ.

މުރަނގައިގެ އެކި ބާވަތްތަކުގެ ތެރެއިން ސިއްހަތަށް ފައިދާ ކުރުވަނިވި މާއްދާތައް އެކުލެވެނީ މުރަނގަ ގަހުގައި އަޅާ ތޮޅީގައި އެކަންޏެއް ނޫނެވެ. މުރަނގަ ގަހުގެ އޮށާއި، އެގަހުގައި އަޅާ މަލުގެ އިތުރުން އެގަހުގެ މުލަކީ ވެސް ސިއްހީ އެތައް ފައިދާތަކެއް އެކުލެވިގެންވާ ތަކެއްޗެވެ.

މުރަނގަތޮޅީގައި ވިޓަމިން ސީ ގެ މާއްދާ ވަރަށް ބޮޑަށް ހިމެނެއެވެ. އެ ތޮޅީގައި ހިމެނޭ ވިޓަމިން ސީ ގެ މާއްދާގެ ސަބަބުން އެކިކަހަލަ ބަލި ފަތުރާ ޖަރާސީމް ތަކުން ހަށިގަނޑު ދިފާއު ކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، މުރަނގަތޮޅީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާގެ ސަބަބުން އެކިކަހަލަ ހުމާއި އަދި ރޯގާ އިން ހަށިގަނޑު ސަލާމަތް ކޮށްދެއެވެ.
.
މުރަނގަތޮޅި ކެއުމުން އަޅުގަނޑުމެންގެ ހަށިގަނޑުގައި ދައުރުވާ ލޭ ސާފު ކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ. މީގެ އިތުރުން، މުރަނގަތޮޅީގައި ވިޓަމިންގެ އެކި މާއްދާތައް ވެސް ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މީގެ ސަބަބުން ހަޖަމް ކުރުމުގެ ނިޒާމްގެ އިތުރަށް ވަރުގަދަ ކޮށްދީ ޖަރާސީމް ތަކުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދެއެވެ.

މުރަނގަތޮޅި އަކީ ކެލްޝިއަމްގެ މާއްދާތަކުން ވެސް މުއްސަނދި ވެފައިވާ ތަރުކާރީއެކެވެ. މި ތޮޅީގައި ހިމެނޭ ކެލްސިއަމް މާއްދާގެ ސަބަބުން ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދީ، ކަށި ފީވުން ކަހަލަ ސިއްހީ މައްސަލަތަކުން ސަލާމަތް ކޮށްދެއެވެ. މީގެ އިތުރުން ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ވެސް މުރަނގަތޮޅި އަކީ ވަރަށް ބޭނުންތެރި މޭވާއެކެވެ. މުރަނގަތޮޅި ކެއުމުން ލޭގައި ހިމެނޭ ގުލްކޯޒްގެ މާއްދާ އާދައިގެ ވަރެއްގެ ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.

މުރަނގަތޮޅީގައި ހިމެނޭ މިހުރިހާ ސިއްހީ ފައިދާތަކުގެ ސަބަބުން، މި ތަރުކާރީ އަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ތަރުކާރީއެއް ނޫނެވެ. އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި ދިމާވާ ވަރަށް ގިނަ ސިއްހީ މައްސަލަތަކުގެ ފަރުވާ ، މުރަނގަތޮޅި ބަރާބަރަށް ކެއުމުގެ ސަބަބުން ލިބެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!