ޚަބަރު

މަޝްރޫއުތައް ލަސްވަނީ އެމްޑީޕީ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން: ގާސިމް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން ހިންގާ މަޝްރޫއުތައް ލަސްވަނީ އެމްޑީޕީ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގަތް މެމްބަރުން ފޯމު ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ ތެރޭގައި އޮތް ހަމަނުޖެހުންތަކާ އެކުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިހުލާސްތެރިކަމާއި، ސާބިތުކަމާއި، ކެތްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާތީ އުފާކުރައްވާ ކަމަށެވެ.

"އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން. އާދެ އޭނގެ ސަބަބުންކަން އަޅުގަނޑަށް ކަށަވަރު" ގާސިމް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމާ ގުޅޭ އިތުރު ތަފްސީލެއް ރޭގެ ޖަލްސާގައި ގާސިމް ދެއްވާފައެއް ނުވެއެވެ.

ގާސިމް މިހެން ވިދާޅުވެފައިމިވަނީ ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ ކޯލިޝަނާ ހެދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނިކޮށެެވެ.

އެގޮތުން ކ.ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތައް ހިންގުމުގައި ތިބީ އެެހެން ޕާޓީތަކުގެ މެންބަރުން ކަމަށާއި އެކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އައިސް ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!