Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތީގެ ނިޔަލަށް ތިބޭ މެންބަރުންނަށް: ޖޭޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕާޓީގައި ތިބޭ މެންބަރުންނަށް ކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައި ތިބޭ މެންބަރުންނަށް ކަމަށެވެ.

ޖޭޕީގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ ޖޭޕީގެ މެންބަރުންގެ ތެރެއިން އެކިއެކި ރަށްރަށުގެ މީހުނަށް ވެސް ޖޭޕީގެ ޕްރައިމަރީގައި ވޯޓު ދެވޭނެ އިންތިޒާމުތައް އެ ޕާޓީން ހަމަޖައްސައިދޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކައުންސިލް އިންތިހާބުގައި ވާދަކުރާ ޖޭޕީގެ ކެންޑީޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފަ އެވެ. ޖޭޕީން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:20 އަށެވެ.

ޖޭޕީގެ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް