ޚަބަރު

ކުރިންވެސް ނުފިލަން، ދެންވެސް ނުފިލާނަން: ޔާމީން

ދެން އެމްވީ

ފިއްލަވައިގެން ކުރިންވެސް ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާ ކަމަށާއި، ދެން ވެސް ނުފިއްލަވާނެ ކަމަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ ހައިކޯޓުން ކަފާލާތުގެ ދަށުން މިނިވަން ކުރި ނަމަވެސް ހުންނަވާނީ ކަނޑައެޅޭ މިންގަނޑުގެ ތެރޭގައެވެ. މިފަދައިން ވިދާޅުވީ ހައިކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑުގެ ހިތުގެ މައްސައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް، އެ މައްސަލަ އެންމެ ފުރަތަމަ އެނގުނީ ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުގައި ހުންނެވިއިރު". ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއިރު ހައިކޯޓުން މިނިވަން ކުރުމުންވެސް ބޭރަށް ވަޑައިނުގެންނެވީ ފިއްލަވާފާނެ ކަަމަށް ރައްޔިތުން ވިސްނިދާނެތީ ކަމަށެވެ.

އެމަނިކުފާނު އެދިވަޑައިގަންނަވަނީ އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލަ އަވަސްކޮށް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުން ކަމުގައިވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!