ޚަބަރު

ކޮރޯނާ ވައިރަހާ ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ރައީސް ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލައްވާފައިވާ ހާއްސަ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

މީގެއިތުރުން، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައި، އެ ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ރައީސް ވަނީ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

ޗައިނާގެ ގައުމުގެ ވޫހާން ސިޓީން ފެތުރެން ފެށި ވައިރަހުގައި މިހާތަނަށް 106 މީހުން ވަނީ މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 4،515 އަށް އަރައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!