Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހިމަބިހީގެ ހާލަތާއި އަދި ކުރެވެމުންދާ މަސައްކަތުގެ ހުލާސާ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާއިރު، އޭގައި ބުނެފައިވާ ގޮތުން އިއްޔެ ވަނީ 16 ސާމްޕަލްގެ ޕީސީއާރު ޓެސްޓު އަދި 7 ސާމްޕަލްގެ އެލައިޒާ ޓެސްޓު ހަދާފައި ކަމަށެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ތަހުލީލުކޮށް ނިމިފައިވާ ސާމްޕަލްތަކުގެ އަދަދަކީ 113 އެވެ. އަދި ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 7 އަށް އަރާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް