ޚަބަރު

ޗައިނާގައި ތިބި ދިވެހިންނަށް ހިލޭ ރާއްޖެ އާދެވޭނެ އިންތިޒާމު ރައީސް ހަމަޖައްސަވައިދީފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ތާށިވެފައި ތިބި ދިވެހިންނަށް ހިލޭ ރާއްޖެ އާދެވޭނެ އިންތިޒާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިދީފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާއަށް ދަތުރުކުރާ ފަސްމަންޒިލުން ދިވެހިން ހިލޭ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. އެ ފަސް މަންޒިލަކީ ޗޮންޒިންގް، ޗެންގްޑޫ، ހަންގްޒޫ، ނަންޖިން އަދި ޒިއާން އެވެ.

ޝާހިދު ވަނީ ރާއްޖެ އަންނަން ބޭނުންވާ ދިވެހިން، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދިފައެވެ.

ވުހާންގައި ތިބި ދިވެހި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުން މިދިޔަ ހަފްތާއިން ފެށިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގާފައިވާތީ އެކަން ކުރުމަށް ދަތިތައް ކުރިމަތިވިއެވެ.

އެގޮތުން ސަރުކާރުން އެދަރިވަރުންނަށް ދޭން ޖެހޭ މާލީ އެހީތެރިކަން ވެސް ވަނީ އިތުރުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!