ދުނިޔެ

"އިސްރާޢީލް ނޫން އެހެން ޤައުމުތަކަށް" ކަމަށް ބުނާ ލިޔުންކޮޅު ބަނގްލަދޭޝްގެ ޕާސްޕޯޓުން ފޮހެލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

"މި ޕާސްޕޯޓް އިސްރާއީލް ނޫން އެހެން ހުރިހާ ޤައުމެއްގައި ބޭނުން ކުރެވޭނެ" މިހެން ލިޔެފައިވާ ލިޔުންކޮޅު ބަނގްލަދޭޝްގެ ޕާސްޕޯޓްތަކުން ފޮހެލައިފިއެވެ.

Ads by Sosun Fihaara

މީގެ ހަ މަސް ކުރިން ބަޤްލަދޭޝްގައި ދޫކުރަން ފެށި އީ-ޕާސްޕޯޓްގައި "އިސްރާއީލް ނޫން" މިހެން ޖަހައިފައިވާ ބަސްކޮޅު ފޮހެލައިފައި ވަނީ އެއްވެސް ކަހަލަ އާއްމު އިއުލާނެއް ނުވަަތަ އެންގުމަކާ ނުލައެވެ.

ބަގްލަދޭޝްއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އީ-ޕާސްޕޯޓް ހެދި ޤައުމުކަން ފާހަގަކޮށްލެވެއެވެ. އީ-ޕާސްޕޯޓް ބޭނުން ކުރަން ފެށި ދެކުނު އޭޝިއާގެ ފުރަތަމަ ޤައުމަކީ ރާއްޖެއެވެ. އެއީ 2016 ވަނަ އަހަރުއެވެ.

ބަނގްލަދޭޝް ޕާސްޕޯޓުން މި ލިޔުންކޮޅު ފޮހެލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެޤައުމަށް ވަނީ އަމާޒުވެފައެވެ. މިދުވަސްކޮޅަކީ ދުނިޔޭގެ ސަމާލުކަން އިސްރާއީލަށާއި ފަލަސްތީނަށް ހުއްޓިފައިވާ ދުވަސްކޮޅަކަށް ވާތީ ބަނޤްލަދޭޝްއިން މިފަދަ ނިންމުމެއް ނިންމުމުން އެޤައުމަށް ގިނަ ޕްރެޝަރތަކެއް ދަނީ ލިބެމުންނެވެ.

ޕާސްޕޯޓުން މިބަސްކޮޅު ފޮހުނު ނަމަވެސް އިސްރާއީލާއެކު އެއްވެސް ސިޔާސީ ގުޅުމެއް ނުބާއްވާ ކަމަށް ބަނޤްލަދޭޝްގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ބަސްކޮޅު ޕާސްޕޯޓުން ފޮހެލުމާއެކު ބަނޤްލަދޭޝް ރައްޔިތުންނަށް މިހާރު އިސްރާއީލަށް ދެވޭނެއެވެ. ނަމަވެސް އެޤައުމަށް ދާން ޖެހޭނީ އިސްރާއީލަށް ދަތުރު ކުރާ ޤައުމަކަށް ދަތުރު ކުރުމަށް ފަހުގައެވެ.

މިކަމާ ގުޅޭ ގޮތުން ބަގްލަދޭޝްގެ އިމިގްރޭޝަނުން ބުނެފައި ވަނީ ޕާސްޕޯޓްގައި "އިސްރާއީލް ނޫން" މިހެން ނުޖެހިޔަސް އިސްރާއީލަށް އެތެރެވެވޭނީ އިސްރާއީލުގެ ވިސާ ލިބިގެން ކަމަށެވެ. އަދި އެ ވިސާ ލިބޭނެތޯ ސުވާލު ކުރުމުން ސުވާލަށް ޖަވާބު ދިނުމަށް ވަނީ އިންކާރުކޮށްފައެވެ.

ބަނޤްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި އިސްރާއީލާއެކު ސިއްރު ގުޅުންތައް ބާއްވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ،

Ads by Ooredoo
  1. އަހްމަދު

    ފަހުޒަމާނުގަ ގިނަވާނީ އިސްލާމްދީނަށް ގައްދާުވާވެރިން