ޚަބަރު

ދުބާއީ އަށް ގޮސް ސޭލުން ގަތަސް ގަމީހުގެ އަގު 800 ޑޮލަރަށް ނާރާނެ: މަހްލޫފް

ދެން އެމްވީ ، ދެން އޮންލައިން

އުރީދޫން ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ އަގު 800 ޑޮލަރަށް ނާރާނެ ކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިޓަލީގެ އަގުބޮޑު ބްރޭންޑެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާގެ ޑިޒައިންގެ އެ ގަމީހުގެ އަގު އުޅެނީ 800 ޑޮލަރު (12336ރ.) އަށް ވުރެ މަތީގައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި އެވެ. އެކަމަށް ރައްދު ދެއްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެކޮޅު ޓިކެޓް ނަގައިގެން، ދުބާއީ އަށް ގޮސް އާ އަހަރުގެ ސޭލުން އެ ގަމީސް ގަތަސް ގަމީހުގެ އަގު 800 ޑޮލަރު ނާރާނެ ކަމަށެވެ.

"އަޅުގަނޑު އެ ގަމީސް ގަތް އިރު 'ވޮއިސް' އަދި 'ވަގުތު'ގެ ނޫސްވެރިން ތިބި ހަނދާނެއް ނެތް، އަޅުގަނޑުގެ ކޮމެންޓެއް ހޯދަން ގުޅާލިނަމަ ރަނގަޅު ވީސް، އެއީ ޒިންމާދާރު ނޫސްވެރިކަން." މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވި ގަމީސް ބޭރުގެ ޝޮޕިން ވެބްސައިޓުތަކުގައި ވިކަން ހުރީ 872 ޑޮލަރާއި 995 ޑޮލަރާ ދޭތެރޭ އަގުތަކެއްގަ އެވެ. ނަމަވެސް މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވީ އޮރިޖިނަލްއެއް ކަމެއް ނުވަތަ ކޮން ފެންވަރެއްގެ ގަމީހެއް ކަމެއް ނޭނގެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!