ކާނަލް ނާޒިމާއި، ރިޔާޒު ސިޔާސީ ޕާޓީ އެއް އުފައްދަން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގަނެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް ހައްދަވަން އުޅުނު ވާހަކަތައް އަބްދުﷲ ރިޔާޒު ދޮގު ކުރައްވައިފިއެވެ.
ރިޔާޒު ވިދާޅުވެފައިވަނީ މިހާތަނަށް ސިޔާސީ ޕާޓީއެއް ހެދުމުގެ އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ފިލާ ތިބެގެން އެ މަސައްކަތް ނުކުރާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ މަސައްކަތެއް ކުރާނަމަ ރައްޔިތުން ގާތަށް ވެސް ދާނެ ކަމަށާއި ރައްޔިތުން ގާތަށް ނުގޮސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނުހޯދާ އެ މަސައްކަތް ނުރައްވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް ހަދަން އުޅުނު ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ހުންނެވޭނީ ވެސް ރައްޔިތުންގެ ތާއީދާއި އެކުގައި ކަމަށާއި ސިޔާސީ ޕާޓީއެއް ހަދަން އުޅުނު ނަމަވެސް އެކަމަށް ވެސް ރައްޔިތުން ތާއީދު ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް އަބްދުﷲ ރިޔާޒާއި ނާޒިމްއާ ދެބޭފުޅުން ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރެއްވިއިރު މި ދެބޭފުޅުންނަކީ ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.