ޚަބަރު

ކޮރޯނާ ވައިރަހަށް ސްކްރީންކޮށް އެކަހެރިކުރެވޭނެ އިންތިޒާމްތައް އެބަހުރި: އެމްއޭސީއެލް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ފުރިހަމަ އަށް އަޅާފައިވާ ކަމަށާއި މީހުން ސްކްރީން ކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމްތައްް ވެލާނާ އެއާޕޯޓްގައި ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް(އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

Ads by MWSC

ވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މިއަދު ބައްދަލުވުމަށް ފަހު އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ޓާމިނަލް އޮޕަރޭޝަންސް އިބްރާހީމް ހުސައިން ވިދާޅުވީ އެއާޕޯޓްގައިވާ އައިސޮލޭޝަން ފެސިލިޓީގައި 20 މީހުންގެ ޖާގަ އޮންނާނެ ކަމަށާއި މީހުން އެހެން ތަންތަނަށް ގެންދަން ވެސް ރަނގަޅު އިންތިޒާމްތަކެއް އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީން އެހެން ތަންތަނަށް މީހުން ގެންދަން ހާއްސަ އެމްބިއުލާންސްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހަމަ ފަސޭހަ ކަމާ އެކު ދިހައެއް ނުވަތަ ވިހި މީހުން ބޭތިއްބޭނެ. ހުޅުލޭގައި ހުރި އައިސޮލޭޝަން ފެސިލިޓީ އަކީ ޓްރާންސިޓް ފެސިލިޓީއެއް އިނގޭތޯ. އެތަނުން ހަމަ ކުޑަ ޓެސްޓެއް ހަދާފައި އެ ފަސިންޖަރުން ހަމަ މެއިން ސްޓޭޝަންތަކަށް ޓްރާންސްފާ ކުރެވޭނެ،" އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އެހެން ތަންތަނަށް އެމީހުން ގެންދަން އެޗްޕީއޭ އިން ދިން އެމްބިއުލާންސްތަކާ އެކު، އެފަދަ ހާލަތްތަކުގައި މަސައްކަތް ކުރާނެ ޑްރައިވަރުން ވެސް ފޮނުވާފައި އެބަ ތިބި ކަމަށެވެ.

ސަރުކާރުން އެކުލަވައިލި ޓާސްކްފޯހުގައި، ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިފައިންނާއި ފުލުހުން އަދި އެމްއޭސީއެލްއާއި އެސްޓީއޯގެ މަންދޫބުން ވެސް ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!