ޚަބަރު

ޔޫއޭއީންގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން އެދެފި

ދެން އެމްވީ ، ދެން އޮންލައިން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވުހާން ވައިރަސް ފެނި، އެ ގައުމުގައި ތިބި ހުރިހާ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން އެދެފި އެވެ.

Ads by STELCO

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ބޭރު ގައުމުތަކުގައި ތިބި ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީވާން ކުރިން ވެސް އޮތީ އެދިފަ އެވެ.

ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫއޭއީގައި ތިބި ހުރިހާ ދިވެހިން ވެސް އެ އެމްބަސީގައި ރަޖިސްޓްރީވާން އެދޭ ކަމަށާއި އޮންލައިން ޕޯޓަލެއް ހަދައި، އެ ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ވުހާން ވައިރަސް ހުރި މީހުންގެ އަދަދު އިތުރުވަމުން ދާއިރު، މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!