ޚަބަރު

ހިމަބިހި ޖެހުނު މީހުންގެ އަދަދު 8 އަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން އެ ބަލި ޖެހިފައިވާ އިތުރު މީހަކު އަނެއްކާ ވެސް ފެނިއްޖެ އެވެ.

Ads by MWSC

މިއީ މި ފަހުން މި ބަލި ޖެހުނު އަށް ވަނަ މީހާ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހިމަބިިއްސަށް ކޮންމެ ދުވަހަކު ވެސް ޓެސްޓު ކުރަމުންދާ ކަމަށާއި އިއްޔެ އާއި އޭގެ ކުރީ ދުވަހު ޓެސްޓުކުރި މީހުންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމަކު މިއަދު އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެ އެވެ.

ނައްތާލިކަން އިއުލާނުކުރި ފަހުން ރާއްޖެ އިން އަލުން ހިމަބިހި ފެނިފައިވާއިރު ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ވެކްސިން ދޭން ފަށައިފަ އެވެ. ސިއްހީ ފަރުވާ ދޭ އެކި ތަންތަނުން މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 4،025 މީހަކު ވެކްސިން ޖަހާފައިވެ އެވެ. ހިމަބިހި ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހަން ފެށުމާ އެކު، އިންޑިއާ ސަރުކާރުން ވަނީ ހިމަބިހީގެ 30،000 ވެކްސިން ޑޯޒް ހަދިޔާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!