ޚަބަރު

ޕެޑަލް ބޯޑެއްގައި ތުލުސްދޫން ހިންމަފުއްޓަށް ދާން އުޅުނު ޓޫރިސްޓަކު ހިފަހައްޓައިފި

ދެން އެމްވީ ، ދެން އޮންލައިން

ސްޓޭންޑްއަޕް ޕެޑަލް ބޯޑެއްގައި، ކ. ތުލުސްދޫން އެ އަތޮޅު ހިންމަފުއްޓަށް ދާން އުޅުނު ޓޫރިސްޓަކު މިއަދު ފުލުހުން ހުއްޓުވައިފި އެވެ.

Ads by STELCO

ފުލުހުން ބުނީ ކޮޅަށް ހުރެގެން ފަލި ޖަހާފައި ދުއްވާ ބޯޑުގައި ފިރިހެން ޓޫރިސްޓު، ހިންމަފުއްޓަށް ދާން ނައްޓާލީ ހަވީރު 5:45 ހާއިރު ކަމަށެވެ. އަދި އިރުއޮއްސި އަނދިރިވާއިރު އެ މީހާ އަށް ރަށަށް ނުފޯރާނެ ކަމުގެ މައުލޫމާތު ލިބުމުން، އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ބުންޏެވެ.

ޓޫރިސްޓު މީހާ އަށް ކަމެއް ދިމާވުމުގެ ކުރިން، ފުލުހުން ވަނީ ހިންމަފުށީ ކައިރިން ކަނޑުމަތިން އޭނާ ހިފަހައްޓާފަ އެވެ. އަދި ފުލުހުން އޭނާ ހިންމަފުއްޓަށް ގެންގޮސްދީފައިވާ ކަމަށް އެތަނުން ބުންޏެވެ.

ހިންމަފުއްޓާއި ތުލުސްދުއާ ދެމެދު 12 ވަރަކަށް ކިލޯމީޓަރުގެ ދުރުމިން ހުންނާނެ އެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބައެއް ކަންކަން ބަލަމުން އަންނަ ކަމަށާއި އަދި ގެސްޓްހައުސްތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރުތަކާ ގުޅިގެން، ޓޫރިސްޓުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!