ޚަބަރު

ގާސިމްގެ ގާތިލް އަދުހަމް އެހެން މައްސަލައެއްގައި އެއް އަހަރަށް ޖަލަށް

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓްކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލް، ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ މައްޗަށް އެހެން މައްސަލައެއްގެ ކުށް ސާބިތުވެ އެއްއަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

އަދުހަމްގެ މައްޗަށް މިހުކުމް އިއްވާފައި މިވަނީ ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ތިމާގެ ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ.

މި ދައުވާއަކީ 2016 ވަނަ އަހަރު އިތުރު މީހަކާ ބައިވެރިވެގެން ރަށްދެބައިމަގުގައި ހިންގާ ޑްރީމް ގެސްޓްހައުސް ކުރިމަތީގައިހުރި ސައިކަލެއް ނަގައިގެން ހުޅުމާލެއަށް ގެންގޮސްފައިވާތީ އާއި ހުޅުމާލެއަށް ގެންދިއުމަށްފަހު އެސައިކަލުގެ މަޑިދަށުގައި ހުރި އެއްޗެހި ނަގައި، އުކާލާފައިވާތީ ކޮށްފައިވާ ދައުވާއެކެވެ. އަދުހަމްވަނީ މިކުށަށްވެސް އަމިއްލައަށް އިއުތިރާފު ވެފައެވެ.

އެހެންނަމަވެސް މިކަމުގައި އޭނާއާއި ބައިވެރިވި މީހާވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އޭނާ ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހޯދާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ގާސިމްގެ މައްސަލާގައިވެސް އަދުހަމް ވަނީ އިއުތިރާފު ވެފައެވެ. ގާސިމް ހަސަން މަރުވީ އޭނާގެއަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެތެރޭގައި ކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

މިމައްސަލާގައި އަދުހަމްގެ މައްޗަށް އަދި މިހާތަނަށް ދައުވާ ކޮށްފައި ނުވާއިރު، މައްސަލާފެ ތަހުގީގު ނިންމަން އިތުރު މުއްދަތުތަކެއް ވެސް މިހާރު ވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!