ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފުތަރު މަޖިލީހަށް ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް ދަފުތަރެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

Ads by MWSC

ބައްޕަ، ކާފަ އަދި މުނިކާފަ ވެގެން ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރޭޕް ކުރި މައްސަލާފައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުން ވަނީ ގަދަވެފަ އެވެ.

ތުއްތު ކުއްޖާގެ ރޭޕްގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ކަނޑުހުޅުދޫ ކައުންސިލާއި ކްރިމިނަލް ކޯޓު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ވަނީ މި މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އަދި އެ ކޮމިޓީން ނިންމި ކަންތައްތައް ތަންފީޒު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރަށް ވަނީ އަންގަވައިފަ އެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދަފުތަރުކޮށް، މަޖިލީހަށް ހުށަހެޅުމަކީ އޭގެތެރެއިން އެއްކަމެވެ. އަދި ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ގަވައިދުން މޮނީޓާކުރާނެ ނިޒާމެއް އެކުލަވާލަން ވެސް ވަނީ އަންގާފަ އެވެ. ކޮމެޓީން އަންގާފައިވަނީ ހަތް ދުވަސް ތެރޭގައި އެކަމަށް އަމަލު ކުރުމަށެވެ.

ޖެންޑާ މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، އެކަންކަން ފުރިހަމަކޮށް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!