Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

އީގަލްސްއިން ލީގުގެ ދެވަނަ ކަށަވަރުކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ދަ ގްރާންޑޭ ބަލިކޮށް ކްލަބު އީގަލްސްއިން ތާވަލުގެ ދެވަނަ ކަށަވަރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 0-3 އިން މެޗު ކަމިޔާބު ކޮށްގެންނެވެ. މެޗުގައި އީގަލްސްއަށް ފުރަތަމަ ލަނޑު ޖަހާދިނީ ޓްރާންފަރގައި ލޯނެއްގެ ދަށުން ނިލަންދޫ އިން އެ ކްލަބާ ގުޅުނު ޖަޕާނުގެ އެޓޭކިން މިޑްފީލްޑަރ ޓޯޝީއެވެ. އަނެއް ދެ ލަނޑު ޖެހީ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ އަހްމަދު ރިޒްވާން(ރިޒޭ) އެވެ.

އީގަލްސް އިން ލީގުގެ ދެވަނަ ކަށަވަރުކޮށްފައި ވަނީ ބާކީ އެއް މެޗު އޮއްވައެވެ.

Advertisement
HDC — Sidebar (box)

އީގަލްސްއިން ދެވަނަ މަގާމު ކަށަވަރުކުރި އިރު، މާޒިޔާއިން ވަނީ ލީގުގެ އެއްވަނަ ހޯދައި އަންނަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. ދެވަނަ ލިބުނު އީގަލްސް އަންނަ އަހަރު ވާދަކުރަން ޖެހޭނީ އޭއެފްސީ ކަޕްގެ ޕްލޭ އޯފްގައެވެ.

އީގަލްސްއިން ދެވަނަ މަގާމު ކަށަވަރު ކުރީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގަ އޮތް ޓީސީއަށް ބާކީ އޮތް މެޗު ކާމިޔާބު ކުރިއަސް ލިބޭނީ ގިނަވެގެން 41 ޕޮއިންޓެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް