މައްސަލައެއްގައި ފުލުހުން ހިފެހެއްޓި ފައިސާއިން 30000 ޑޮލަރު މަދުވި މައްސަލައެއް

ފުލުހަށް ސެޕްޓެމްބަރު 15, 2019 ގައި ހުށަހެޅި މައްސަލައެއްގައި ހިފެހެއްޓި 30,000 ޑޮލަރު މަދުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި މި ކަން ފާހަގަކުރެވުނީ އިއްޔެ އެވެ. ފާހަގަ ކުރެވުނު އިރުން ފެށިގެން ފުލުހުންގެ ކުރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހިފެހެއްޓި ޖުމުލަ ފައިސާގެ ފަރަގު 30,000 ޑޮލަރަށް އަރާނެ ކަމަށް ބުންޏެވެ.
ހަލާކުވެފައިވާ ފައިސާ ވެސް ފެނިގެން ފޮރެންސިކް މެދުވެރިކޮށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.