ޚަބަރު

ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

Ads by MWSC

އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، މިފެށޭ މަހުން ފެށިގެން އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އާސަންދައިގެ ދަށުން ފަރުވާ ކުރެވޭ ނަފުސާނީ ބަލިތަކުގެ ތެރޭގައި، ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމަންޓުގެ އިތުރުން ސައިކޮލޮޖިކަލް ތެރަޕީ ހިމެނެއެވެ.

މީގެ އިތުރުން، ޕްރައިވެޓު ހޮސްޕިޓަލުތަކާއި ކުލިނިކުތަކުން ނަފުސާނީ ބަލިތަކުގެ ހިދުމަތް ހޯދުމަށް އާސަންދައިގެ ދަށުން 5،000 ރުފިޔާ އަހަރަކަށް ހަމަޖައްސާފައިވާނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ މަރުކަޒެއް މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިދިޔަ އަހަރުގެ މާޗު މަހު ވަނީ ހުޅުވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!