ޚަބަރު

ގެއެއްގައި ބާބަކިއު ހަދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލޭގެ ގެއެއްގައި ކުރިން ހިނގި އަލިފާނުގެ ހާދިސާއެއް/ ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް

މާލޭގެ ގެއެއްގައި ބާބަކިއު އެއް ހަދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެއެވެ.

Ads by MWSC

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަލިފާނުގެ މި ހާދިސާ ހިނގައިފައި ވަނީ މިއަދު މެންދުރު 11:55 ހާއިރު، ހ. ފައިންޕާކް ގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ ބާބަކިއުއެއް ހަދަމުން ދަނިކޮށް ރޯވި އަލިފާން ނިއްވައިލީ އެ ގޭގެ މީހުން ކުރި މަސައްކަތުން ކަމަށެވެ.

ބާބަކިޔުއެއް ހަދަނިކޮށް ހިނގި އަލިފާނުގެ މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އޭޑީކޭގެ ބަހެއް އަދި ލިބިފައި ނުވުމުން، އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!