ޚަބަރު

ހިޝާންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ބިރު ދެއްކި މީހުން ނުހޯދޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން އަށް ބިރު ދައްކާ މަރުގެ އިންޒާރު ދިން މައްސަލައިގެ ތަހުގީގަށް އޭނާފެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މައްސަލައަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ހިޝާން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ހިޝާނަށް ބިރު ދެއްކި މައްސަލާގައި އޭނާ އަށް ބިރު ދެއްކި މީހުން ހޯދުމަށްޓަކާ ކަން ހިނގި ތަނާއި، މަގު، ބިރު ދެއްކި ފާހަަގަވޭތޯ އާއި، އަދި ކިހިނެތްތޯ ސާފުކުރުމަށް ތަކުރާރުކޮށް ހިޝާނަށް ގުޅައިގެން ކުރި މަސައްކަތުން ވެސް މިފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

އަދި ފުލުހުންނާ ބައްދަލުކުރުމަށް ވެސް ހިޝާން އުޒުރުވެރިވަމުން އަންނާތީ މި މައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

"ފުލުހުން ސީސީޓީވީ ފުޓޭޖް ހޯދަން ވެގެން، ހިޝާނަށް ބިރު ދެއްކި ލޮކޭޝަނާއި ބިރު ދެއްކި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ، މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ" އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ ހިޝާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަހުގީގު ހިންގާ ފަރާތުންނާއި އަދި ވިކްޓިމް ސަޕޯޓުން ވެސް ކުރި މަސައްކަތުން ހިޝާންއާ ބައްދަލުކުރުމަށް އޭނާ އުޅުއްވާ ތަނަކަށް ވެސް ދިޔުމަށް ހިޝާން މިވަގުތު އުޒުރުވެރިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!