ޚަބަރު

އިސްލާހާއެކު ވެސް އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު މީހުންނަށްނުދޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ އެނެކްސް 1 ގެ ކްލާސް ކޯޑް H3 އަށް ގެނައި އިސްލާހާއެކު ވެސް އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު މީހުންނަށް ނުދޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ އެއާޕޯޓްތައް 100 ޕަސެންޓް ބޭރު ކުންފުނިތަކަށް ހިންގޭ ގޮތަށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް އިއްޔެ ގެނައި އިސްލާހާ އެކު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލް އޮންނާނީ ސަރުކާރުގައި ކަމަށާއި އެ ހުއްދަ އެހެން ފަރާތަކަށް ނުދޭނެކަމަށެވެ.

"ފޮރިންގް ޑައިރެކްޓް އިންވެސްޓްމެންޓަށް ގެނައި އިސްލާހުގެ ސަބަބުން އެއާ ޓްރެފިކް ކޮންޓްރޯލް ކުރުން އެއްވެސް އަމިއްލަ އިންވެސްޓަރަށް ލިބިގެންނެއް ނުވޭ. އެއީ ރާއްޖެވިއަސް އަދި ބޭރުގެ ވިޔަސް. ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި ވެސް އެއާ ޓްރެފިކް ކޮންޓްރޯލް ކުރާނީ ސަރުކާރުން. އިސްލާހު ލިޔެފައިވާ ގޮތުން އޮޅުން އަރާތީ އެކަން ބަދަލުކޮށް އެކަން އޮތް ގޮތް ސާފުކޮށްދޭނެ" ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެފްޑީއައިގެ ސިޔާސަތަށް އިއްޔެ ގެނައި ބަދަލާ އެކު، 50 އަހަރު ދުވަހުގެ މުއްދަތަކަށް ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ހުއްދަ އިއްޔެ އިން ފެށިގެން ލިބިގެން ދާނެއެވެ. އަދި މިކަމަށް ޓަކައި ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން ޖެހެނީ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާށެވެ. މިއާއެކު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި އިިތުރު ހިދުމަތްތައް ވެސް ދެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!