ޚަބަރު

ވަކި މީހަކު ނެތިގެެން ޕާޓީ ނުހިންގޭނަމަ އެއީ ޕާޓީއެއް ނޫން: މާރިޔާ

ދެން އެމްވީ ، ދެން އޮންލައިން

ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭ ކަމަށްވާނަމަ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މާރިޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި އެމަނިކުފާނަކީ ޕީޕީއެމްގެ ލީޑަރު ކަމަށާ ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕާޓީގެ މަސައްކަތްތަކަށް ހީނަރުކަން ލިބި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ދަތިވެފައިވާ ކަމަށެވެ.

ޔާމީންގެ އެ ވާހަކަތައް ރައްދު ދެއްވަމުން މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީގެ ކޮންސެޕްޓަކީ ޕާޓީގެ މެމްބަރުން ހިމެނުނު ނަމަވެސް އަމިއްލަ ގާނޫނީ ވަކި ޝަހްސެއް ކަމަށެވެ. އަދި ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭ ކަމަށްވާނަމަ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނަށް މިއަދު ކުރިމަތިވެފައިވާ ހާލަތަކީ އެމަނިކުފާނު އާރާ ބާރުގައި ހުންނެވިއިރު ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިމާވި ހާލަތެއް ކަމަށެވެ.

"އެމީހަކު ފޭއްސި އިލޮށިގަނޑު އެމީހެއްގެ ލޮލަށް." މާރިޔާގެ ޓްވީޓްގައި ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!