Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑަބްލިއުއެޗްއޯ އިން ދުނިޔެއަށް ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފި

ޑަބްލިއުއެޗްއޯ އިން ދުނިޔެއަށް ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފި
ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މުޅި ދުނިޔެއަށް ކުއްލި ހާލަތު އިޢުލާންކޮށްފިއެވެ.
ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ގެބްރެޔުސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިކަށި ސިއްހީ ނިޒާމް ހުރި ގައުމުތަކުގައި ވައިރަސް ބޮޑަށް ފެތުރިދާނެތީ ކަމަށެވެ.އަދި ކުއްލި ހާލަތު އިއުލާނު ކުރަންޖެހުނީ މި ވައިރަސްގެ ސަބަބުން ނިކުމެދާނެ ނުރައްކާތެރި ނަތީޖާތަކަށް ބެލުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއިން މި ވައިރަސް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތަށް ތައުރީފްކޮށް އަދަނޮން ވިދާޅުވީ، މިހާތަނަށް އެޅިފައި ހުރި އަވަސް ފިޔަވަޅުތައް ނޭޅުނު ނަމަ ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވީސް ކަމަށެވެ. ސިޓީތައް ލޮކްޑައުން ކުރުމުން ވައިރަސް ފެތުރުން ކޮންމެވެސް ވަރަކަށް މަޑުޖެހޭނެކަން ވެސް އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް، އެއީ ބަލި ކޮންޓްރޯލް ކުރުމަށް ދޮރެއްގެ ގޮތުގައި ވެސް ދެކިގެން ނުވާނެކަމަށް އަދަނޮން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް