ޚަބަރު

ގއ.އަތޮޅުގެ އެމްޑީޕީ ޕްރައިމަރީ ބާތިލްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް މިހާރު ކުރިއަށް ގެންދާ އެމްޑީޕީ ޕްރައިމަރީގެ ގއ. ދާއިރާގެ ޕްރައިމަރީ ބާތިލް ކޮށްފިއެވެ.

Ads by MWSC

އެމްޑީޕީގެ އޮފިޝަލަކާއި ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ސަން" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ނިންމީ، ވޯޓްލާ މަރުކަޒުގައި ހިންގި ހަމަނުޖެހުންތަކަކާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދާއިރާގެ ވޯޓްލުން ބާތިލް ކުރަން ނިންމީ، ކެނޑިޑޭޓުންގެ މަންދޫބުންނާއި މަޝްވަރާކުރުމަށް ފަހު އެމީހުން އެއްބަސްވުމުންނެވެ.

ސަން ގައި ބުނެފައިވާ ގޮތުގައި، ވޯޓްލާ މަރުކަޒުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ވޯޓްލާން ދިޔަ މީހަކު އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް ވީދާލުމާއި ގުޅިގެންނެވެ.

ގއ. އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން ވޯޓުލާ ފޮށި ހުރީ ކަލާފާނު ސްކޫލްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!