ދުނިޔެ

ޗައިނާ މީހުން ސިންގަޕޫރަށް ދިއުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ޗައިނާ މީހުން ސިންގަޕޫރަށް ދިއުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

Ads by WAMCO

ސިންގަޕޫރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ލޯރެންސް ވޮންގް ވިދާޅުވީ ވޭތުވެދިޔަ 14 ދުވަހުތެރޭ ޗައިނާ އަށް ދަތުރުކޮށްފައިވާ މީހެއް ނަމަ ސިންގަޕޫރަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. އަދި އެފަދަ މީހަކު ސިންގަޕޫރުގައި ޓްރާންސިޓް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުން ކޮރޯނާވައިރަސް ފެނިފައި ވަނީ ޗައިނާގެ މެދުތެރޭގެ ހުބެއި ޕްރޮންސްގެ ވެރިރަށް ވޫހާން އިން އެ ގައުމަށް ދަތުރުކުރި މީހުންގެ ހަށިގަނޑުންނެވެ. ވައިރަސް ހުރި 13 މީހަކު ސިންގަޕޫރުން ވަނީ ފެނިފަ އެވެ.

ސިންގަޕޫރަކީ އިރު ދެކުނު އޭޝިއާގައި ކޮރޯނާ ވައިރަހާއި ގުޅިގެން ޗައިނާ މީހުން އެތެރެވުން ހުއްޓުވި ފުރަތަމަ ގައުމެވެ.

ޗައިނާގައި މިހާތަނަށް ވަނީ ވައިރަސް އެރި މީހުންގެ އަދަދު ގާތްގަނޑަކަށް 10،000 އަށް އަރައިފަ އެވެ. ބަލި ޖެހިގެން ވަނީ 213 މީހުން މަރުވެފަ އެވެ. ޗައިނާ ފިޔަވައި 18 ގައުމަކުން ވައިރަސް ވަނީ ފެނިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!