Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޗައިނާގައި ތިބި ދިވެހިންނަށް ރައްކާތެރިކަން ދޭނަން: ޗައިނާ ސަފީރު

ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އެގަމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮން ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާއާ ފޯނުން ގުޅިއްޖެ ކަމަށާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ތިބި ދިވެހިންނާއި ޗައިނާގައި ދިރިއުޅޭ ދިވެހިން ތިބީ ސަލާމަތްތެރިކަމާއި އެކުގައި ކަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ހުރިހާ ފިޔަވަޅެއް އެގައުމުން އަޅަމުން އަންނަ ކަށާއި ޗައިނާގައި ތިބި އެއްވެސް ދިވެއްސަކު އެގައުމުގައި މަޑުކުރަން ބޭނުންވާ ކަމަށްވާނަމަ އެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ޗައިނާގައި މަޑު ކުރަން ބޭނުންވާ ކޮންމެ ދިވެއްސަކަށްވެސް އަހަރުމެން ރައްކާތެރިކަން ދޭނަން،" ޗައިނާ ސަފީރު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެކި ސަރަހައްދުތަކުތައި 69 ދިވެއްސަކު އުޅެމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން ކޮރޯނާ ވައިރަސް ފެނުނު، މިހާރު ބަންދުކޮށްފައިވާ ވޫހާން ސިޓީގައި ނުވަ ދިވެހިިން އެބަ ތިއްބެވެ. އެގައުމުގައި ތިބި ދިވެހިންގެ ތެރެއިން އަންނަ ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް