ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ސޯބެ ކަޓުވާލައި އެމްޑީޕީ ޓިކެޓް ނިޒާރު ކާމިޔާބު ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި އައްޑު ސިޓީގެ މިހާރުގެ މޭޔަރު، އަބްދުﷲ ސޯދިގު ކަޓުވާލުމަށް ފަހު އަލީ ނިޒާރް ކުރި ހޯއްދަވައިފިއެވެ.

Ads by Sosun Fihaara

މި އިންތިހާބު ނިޒާރު ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.

ނިޒާޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ސޯބެ ވަނީ ނިޒާރަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފައެވެ.

ސޯބެ ވިދާޅުވީ އޭނާ އަށް ކެމްޕެއިން ކޮށްދެއްވި އެންމެނަށް ޝުކުރު އަދާ ކުރާ ކަމަށާއި އައްޑޫގެ ގޮނޑިތައް އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަކީ އައްޑޫގެ ކުރިމަގަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

ޕްރައިމަރީގައި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ފަހަތަށް ޖައްސާލުމަށް ފަހު މޭޔަރު ކަމަށް ވާދަކުރާ އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އިސްމާއިލް ރަފީގެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!