ފުލުހުން އެހެން ބުނި ފަހުން ހިޝާން ކުރި ޓުވީޓެއްގައި އެކަން ވަނީ ދޮގުކޮށްފަ އެވެ. އަދި އިއްޔެ ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުވި ކަމަށާއި ފުލުހުން މަސައްކަތް ކުރާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ހިޝާން ފުލުހަށް ހާޒިރުކޮށްފި
ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ފުލުހަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ވަނީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަމެއް ނުބުނެ އެވެ.
ނަމަވެސް ހިޝާންއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލެއް ނުދެއްވައެވެ.
ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ފުރަންގޮސް ހުއްޓާ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރުނަސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށެއް ނުދެ އެވެ.
ހިޝާން އަށް ބިރު ދައްކާ މަރުގެ އިންޒާރު ދިން މައްސަލައިގެ ތަހުގީގަށް އޭނާފެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މައްސަލައަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.