ޚަބަރު

ޝައްކު ކުރެވޭ އިތުރު މީހެއް ނެތް، ދެ މީހަކު މޮނިޓާ ކުރަމުން އެބަދަން: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް އަށް ޝައްކުވާ އިތުރު މީހަކު މިހާތަނަށް ފެނިފައި ނުވާ ކަމަށާއި ނަމަވެސް ދެ މީހަކު މޮނީޓަ ކުރަމުން ގެންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިރޭ ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މޮނިޓަރު ކުރަމުން ދަނީ ދެ ދިވެހިން ކަމަށާއި އެ ދެ މީހުން ވެސް ވަނީ ޗައިނާ އަށް ގޮސްފައި ކަމަށެވެ.

އެ ދެ މީހުން ވެސް ޓެސްޓް ކުރާނެ. އެކަމަކު އެއީ ކްރައިޓީރިޔާތަކަށް ފެތޭ ދެ މީހުންނެއް ނޫން." މިނިސްޓަރު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން އެކަހެރިކުރި އެކަހެރިކޮށްފައިވާ ޒުވާނާގެ ހާލު ރަނގަޅު ކަމަށާއި އަދި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

އަމީން ވިދާޅުވީ އެކަހެރިކުރި ޒުވާނާ އެއާޕޯޓުން ދިޔައީ ގެއަށް ކަމަށާއި ގެއަށް ދިއުމަށް ފަހު ވަނީ ކޮޓަރި އަށް ކަމަށެވެ. ދެން އަނެއް ދުވަހު ހިނގާފައި ދިޔައީ ސެނެހިޔާ އަށް ކަމަށް ވުމުން އެއްވެސް މީހަކާ އޭނާ ކޮންޓެކްޓް ވެފައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭނާގެ އާއިލާގެ މީހުން ވެސް ތިބީ މިނިސްޓްރީން ބަލާ މިންގަނޑުގެ ތެރޭގައި ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ މިހާރު އެކަހެރި ކޮށްފައިވާ ޒުވާނާގެ ޓެސްޓްތަކުގެ ނަތީޖާ ލިބެން ދެ ތިން ދުވަސް ނަގާނެ ކަމަށެވެ.

"ތައިލެންޑްގައި ވެސް ޓެސްޓް ކުރެވޭތޯ އަޅުގަނޑުމެން އެބަ ބަލަން. ޕޫނާއިން ނަމަ 12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށްވޭ. ޑަބްލިޔުއެޗްއޯ އިން ބުނަނީ ސާމްޕަލްތައް ޕޫނާ ލެބޯޓަރީ އަށް ގެންދެވޭނީ މާދަމާ ކަމަށް. އެހެންވެ، އާދިއްތަ ދުވަހުގެ އިރުއޮއްސޭއިރު އަޅުގަނޑުމެންނަށް ނަތީޖާ ލިބޭނެ ކަމަށް ބަލަނީ." އަމީން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!