ޚަބަރު

މާލެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް އަނަސް ކާމިޔާބު ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފި އެވެ.

Ads by STELCO

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ވަނީ ޕްރައިމަރީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލޭގެ މޭޔަރު ކަމުގެ ޓިކެޓް ހޯދުމަށް ހަތް ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ.

އެގޮތުން އަނަސްއާ އެންމެ ގާތުން ވާދަ ކުރެއްވީ މިހާރު މާލޭގެ މޭޔަރަކަށް ހުންނެވި ޝިފާ މުހައްމަދެވެ.

އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ވަރުގަދަ ކެންޕެއިންތަކެއް ކޮށްފައެވެ. ސަރުކާރުގެ ވެެރިންވެސް ވަނީ އެކި ކެންޑިޑޭޓުންނަށް ކެންޕެއިން ކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!