ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 259 އަށް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 259 އަށް އަރައިފިއެވެ.

Ads by WAMCO

ޗައިނާގެ ހުބެއި ޕްރޮވިންސުގެ ހެލްތް ކޮމިޝަނުން ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް އެ ޕްރޮވިންސުން ވަނީ މި ބަލީގައި އިތުރު 45 މީހަކު މަރުވެފައެވެ. އެއާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 259 އަށް އަރާފައެވެ.

އަދި އިއްޔެ އެކަނި މި ބަލި ޖެހިފައިވާ އިތުރު 1347 މީހުން އެ ޕްރޮވިންސުން ފެނިފައިވާއިރު، މުޅި ދުނިޔެއިން މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،791 އަށް އަރާފައެވެ.

މި ވައިރަސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ 17،888 މީހުން ފެނިފައިވާއިރު، އޭގެ ތެރެއިން 243 މީހުން ވަނީ އައިސޮލޭޝަނުން ދޫކޮށްލާފައި ކަމަށް ޗައިނާގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ އިން މަސައްކަތް ކުރާއިރު ބައެއް ގައުމުތަކުން މިހާރު ވަނީ ޗައިނާ އަށް ކުރާ ދަތުރުތައް ހުއްޓާލުމަށްފަހު އެގައުމުތަކުގައި ތިބި ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!