ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ކުރަމަތި ރިސޯޓް އެންޑް ސްޕާ އިން ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކުރަމަތި ރިސޯޓް އެންޑް ސްޕާއިން ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަވީރު 17:00 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ސްޕެއިން އަށް ނިސްބަތްވާ 71 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Ads by Allied Insurance