މަހްލޫފްގެ މައްސަލައާ މެދު ގޮތެއް ނިންމުން އަންނަ ހަފްތާގައި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާ ދެކޮޅަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)އަށް ފޮނުވި މައްސަލައާ ގުޅިގެން އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ޕީޖީ އޮފީހުން ބުނެފިއެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް މިދިޔަ ފެބްރުއަރީ މަހު ފޮނުވުމުން، އެ އޮފީހުން ވަނީ އެ މައްސަލައިގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެކަން އޭސީސީއަށް އަންގައިފައެވެ.
ޕީޖީން ފާހަގަ ކުރި ކަންކަން އިސްލާހު ކުރުމަށް ފަހު އޭސީސީން ޕީޖީ އޮފީހަށް އެ މައްސަލަ އަލުން ފޮނުވީ އިއްޔެއެވެ.
މަހްލޫފްގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މިހާރު ކުރިއަށް ދަނީ ލިޔެކިއުންތައް ދިރާސާކުރުމުގެ ކަންކަން ކަމަށާއި އަންނަ ހަފްތާ ނިމުމުގެ ކުރިން މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
މަހޭ ޖެހޭނީ ހަމަ ދޫކޮށްލަން.އޭނާގެ ޝަރީޢަތް ހިންގާނަމަ އެމްއެމްޕީއާރުސީގެ ތި ލާރިގަނޑުގެ މަސްއަލާގަ އިބޫއާއި އަންނި އަށްވެސް ދައުވާ ކުރަން ޖެހޭނެ. އަދި ތިޔަ މަސްއަލާގަ ސަސްޕެންޑު ކޮށްގެން މަހޭ އަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭނެ.މަހޭ ދޫނުކުރާތި.