ރިޕޯޓް

ހިކެން ބޭނުންނަމަ ކަސްރަތު ކުރަންވީ ކޮން ގަޑިއެއްގައިކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ހަށިގަނޑުގެ ބަރުދަން ލުއިކުުރުމަކީ، ހަށިގަނޑުގައި އުފެދޭ ސަރުބީ ވިރުވުމެވެ. ހަށިގަނޑުގައި ސަރުބީ އުފެދޭ މިންވަރަށް ވުރެ އެ ވިރުވާ މިންވަރު އިތުރުކުރުމެވެ. ބައެއް މީހުން ކަސްރަތާއި ނުލައި ވެސް ހަށިގަނޑުގެ ބަރުދަން ލުއިކޮށްލައެވެ.

Ads by Sosun Fihaara

ކަސްރަތު ކުރުމުގެ ސަބަބުން ހަމައެކަނި ލިބޭ ފައިދާއަކީ ބަރުދަން ލުއިވުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުންވެސް ކަސްރަތުކުރުމުގެ ސަބަބުން، މުސްކުޅިވާކަން މޫނުމަތިންނާއި، ހަށިގަނޑުން ފާޅުވާލެއް ލަސްވެއެވެ. ހަމައެހެންމެ ކަސްރަތުކުރުމުން ރަނގަޅު މޫޑެއްގައި ހުރުމަށްވެސް އެހީތެރިވެދެއެވެ. އެހެން ކަމުން ކަސްރަތު ނުކޮށް އުޅެން ބޭނުންވާނީ ވަކި ކާކުހެއްޔެވެ؟

ތިބޭފުޅުން ބޭނުންވަނީ ހަމައެކަނި ބަރުދަން ލުއިކުރުން ކަމުގައިވާނަމަ، ކަސްރަތު ކުރުން މުހިންމުވާ ދެ ސަބަބެއް ވެއެވެ. އަދި ހާއްސަކޮށް ކަސްރަތު ކުރަނީ، އެކަމަށް އެންމެ ރަނގަޅު ވަގުތުގައިނަމަ އަދި މާ ފައިދާ ބޮޑެވެ.

ފުރަތަމަ ސަބަބަށް ބަލައިލަމާ ހިނގާށެވެ. ބެލްޖިއަމްގެ ތަޖުރިބާކާރުން، ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އެމީހުން ކުރިކަމަކީ، އެ ދިރާސާގައި ބައިވެރިވި ބައިވެރިންގެ ތެރެއިން އެއް ބަޔަކަށް އާއްމުކޮށް ކާ މިންވަރަށް ވުރެ 30 އިންސައްތަ އިތުރަށް ކެލޮރީސް ހިމެނޭ ކެއުންތައް ކާންދިނެވެ. އަދި ދެން ތިބި މީހުންނަށް، އާއްމުކޮށް ކާ މިންވަރަށް ވުރެ 50 އިންސައްތަ އިތުރަށް ފެޓްސް ހިމެނޭ ކެއުންތައް ކާން ދިނެވެ. އަދި އެއަށްފަހު އެ އެންމެން ތިން ގުރޫޕަކަށް ބަހައިލިއެވެ. ފުރަތަމަ ގުރޫޕު އެއްވެސް ވަރަކަށް ކަސްރަތެއް ނުކުރެއެވެ. ދެވަނަ ގުރޫޕު ހެނދުނު ނާސްތާކުރުމަށްފަހު ދެތިން ގަޑިއިރު ކޮށްފައި ކަސްރަތު ކުރިއެވެ. އަދި ފަހު ގުރޫޕް ހެނދުނު ހޭލާފައި އެއްވެސް އެއްޗެއް ނުކައި ކަސްރަތު ކުރިއެވެ.

ހަ ހަފްތާ ވަންދެން ހަމައެގޮތަށް ކޮންމެ ދުވަހަކުވެސް އެދިރާސާ ކުރިއަށް ގެންދިއުމަށްފަހު، ލިބުނު ނަތީޖާ ވީ ހައިރާންކުރުވަނިވި ނަތީޖާއަކަށް ނޫނެވެ. އެއްވެސް ކަސްރަަތެއް ނުކޮށް ތިބި ގުރޫޕް މީހުން ގާތްގަނޑަކަށް 6 ޕައުންޑް ބަރުދަން އިތުރުވިއެވެ. އަދި ހެނދުނު ކެއުމަށް ފަހު ކަސްރަތު ކުރި މީހުންގެ، އިތުރުވީ އެންމެ 3 ޕައުންޑެވެ.

އެ ދިރާސާގައި އެންމެ ހައިރާންކުރުވަނިވި ތަންކޮޅަކީ، ހެނދުނު ހޭލާ ގޮތަށް، ކެއުމުގެ ކުރިން، ކަސްރަތު ކުރި މީހުންގެ ބަރުދަން އެއްވެސް ވަރަކަށް އިތުރެއް ނުވެއެވެ. އެމީހުން ތިބީ އެއްވަރެއްގައެވެ. ވަރަށް ރަނގަޅު ސިއްހަތެއްގައެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި، އެމީހުންގެ ބަރުދަން އިތުރުނުވީ، އެމީހުން ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން، މުޅި ދުވަހުވެސް އެމީހުންގެ ގައިން ސަރުބީ އާއި ކެލޮރީސް ވިރޭތީއެވެ.

ޕްރޮފެސަރ ޕީޓަރ ހެސްޕެލް ބުނެފައިވާގޮތުގައި، ބަރުދަން ލުއިކުރެވޭނީ ހަމައެކަނި ކަސްރަތުކޮށްގެންނެއް ނޫނެވެ. ކަސްރަތުގެ އިތުރުން ސިއްހަތަށް ފައިދާހުރި، ބެލެންސްޑް ޑައިޓެއް ގެންގުޅުމަކީވެސް މުހިންމު ކަމެއް ކަމަށާއި ދިރިއުޅުމުގައި ހިވާގިކޮށް އަދި މަސައްކަތްތެރިކޮށް އުޅުމަކީވެސް މުހިންމު ކަމެއް ކަމަށް ޕްރޮފެސަރ ޕީޓަރ ބުނެފައިވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ހުސްބަނޑާއި ހުރެ ހެނދުނު ކަސްރަތު ކުރުމުން، ކަސްރަތު ކުރާ ވަގުތުގެ އިތުރުން މުޅި ދުވަހު ހަށިގަނޑުން ކެލޮރީސް އަދި ސަރުބީ ވިރުވަދެއެވެ.

ތިޔަބޭފުޅުން ބަރުދަން ލުއިކޮށް ބަހައްޓަން ބޭނުންވަނީ ގިނައިން ކައިގެންނަމަ އޮތީ އެއްގޮތެވެ. އެއީ ހެނދުނު ކުރިން، ފަތިހާ ތެދުވެ ކަސްރަތު ކުރުމެވެ. ހިކެން ބޭނުންނަމަ، ހެނދުނު ކުރިން ހޭލައި، ކެއުމުގެ ކުރިން ރަނގަޅަށް ކަސްރަތު ކުރާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!