ދުނިޔެ

އެމެރިކާގެ ސްކޫލުތައް ހުޅުވައިލަނީ، މާސްކް އަޅާކަށް ވެސް ނުޖެހޭ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ސްކޫލުތަކުގައި ވެކްސިން ފުރިހަމަކޮށްފައިވާ ދަރިވަރުން އަދި ޓީޗަރުން މާސްކް އަޅަން ނުޖެހޭ ގޮތަށް އިސްލާހްތަކެއް ގެނެސްފިއެވެ،

Ads by WAMCO

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ސްކޫލުގައި ހަރަކާތްތެރިވާ ޓީޗަރުންނާއި ސްކޫލަށް ކިޔަވަން އަންނަ ދަރިވަރުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ނުޖަހާ ދަރިވަރުންނާއި ވެކްސިން ޖެހުމަށް އުމުރު ހަމަ ނުވާ ދަރިވަރުން މާސްކް އެޅުން މަޖުބޫރު ކަމަށް ބުނެފައިވެއެވެ. އެމެރިކާގައި އުމުރުން 12 އަހަރުން މަތީގެ ހުރިހާ އެންމެނަށް މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.

އެމެރިކާގެ ޓީޗަރުންގެ އެންމެ ބޮޑު އިއްތިހާދު ، ނޭޝަނަލް އެޑިއުކޭޝަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ހުރިހާ ޓީޗަރުންނަށް ވެކްސިން ޖެހުމަށް ވަނީ ގޮވައިލައިފައެވެ. އަދި މިއީ އެމެރިކާ ނޯމަލް މިސްރާބަށް ދިއުމަށް މުހިންމު ފިޔަވަޅެއް ކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ.

މި ދިޔަ އަހަރު މެއި މަހު ކޮވިޑް-19 ވޭދަނަތައް އެމެރިކާގައި ކޮންޓްރޯލެއް ނެތި ފެތުރެން ފެށުމާ އެކު ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެމެރިކާގެ ގިނަ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ސީޑީސީއިން ބުނެފައިވަނީ ސްކޫލުތައް ހުޅުވައިލުމުން ވައިރަސް ފެތުރޭ މިންވަރު އެ އިދާރާއިން މޮނިޓަރ ކުރާނެ ކަމަށާއި އަދި ފެތުރޭ މިންވަރަށް ރިއާޔަތްކޮށް އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!