ދުނިޔެ

އެމެރިކާއިން އިންޑޮނޭޝިޔާ, ނޭޕާލު އަދި ބޫޓާނަށް ވެކްސިން ފޮނުވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔޭގެ ޤައުމުތަކަށް ވެކްސިންގެ 80 މިލިޔަން ޑޯޒު ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން އިންޑޮނޭޝިޔާ، ނޭޕާލް އަދި ބޫޓާނަށް، ކޮވިޑް-19ގެ ވެކްސިން ފޮނުވައިފިއެވެ.

Ads by WAMCO

ވައިޓް ހައުސްއިން ބުނާ ގޮތުގައި އެމެރިކާއިން 3 ގައުމަށް 3 ވައްތަރުގެ ކޮވިޑް ވެކްސިން ވަނީ ފޮނުވައިފައެވެ. މިގޮތުން ، އިންޑޮނޭޝިޔާއަށް މޮޑަނާ ވެކްސިންގެ 3 މިލިޔަން ޑޯޒު ފޮނުވައިފައިވާއިރު ނޭޕާލަށް ޖޮންސަން އެންޑް ޖޮންސަން ވެކްސިންގެ 1.5 މިލިޔަން ޑޯޒް ވަނީ ފޮނުވައިފައެވެ.

އިންޑޮނޭޝިޔާގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުކުރުމަށް އެމެރިކާއިން އިތުރު އެހީތަކެއް ދޭނެކަމަށް ވެސް ވަނީ ބުނެފައެވެ. އެ ޤައުމުގައި މިހާތަނަށް 2.4 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 64،000 މީހުން ވަނީ މަރުވެފައެވެ.

މިގަައުމުތަކުގެ އިތުރުން ވެސް އޭޝިޔާގައި ހިމެނޭ އެހެން ޤައުމުތަކަށް ވެސް ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ރާވައިފައިވާކަމަށް އެމެރިކާއިން ވަނީ އިޢުލާނުކޮށްފައެވެ. އެ ގޮތުން ފިލިޕީންސާއި ވިއެޓުނާމާއި ތައިލޭންޑާއި ލާއޯސާއި ޕަޕުއާ ނިޔުގިނީއާއި ކެންބޯޑިޔާއަށް ވެސް އެމެރިކާއިން ވެކްސިން ފޯރުކޮށްދޭނެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ ފައިޒަރ ވެކްސިންގެ 1 މިލިޔަން ޑޯޒު މެލޭޝިޔާއަށް ފޮނުވާނެ ކަމަށް ވެސް އިޢުލާންކޮށްފައެވެ.

ކޮވިޑް19ގެ ހާލަތު ގޯސްވެ އެމެރިކާގެ ސުކޫލުތައް ވެސް މިދިޔަ އަހަރުންސުރެ ބަންދުކޮށްފަައި ހުރުމަށް ފަހު ހުޅުވައިލުމަށް ވެސް އެގައުމުން ވަނީ ތައްޔާރުވެފައެވެ، މި ގޮތުން އެ ގައުމުގެ ސްކޫލުތަކުގައި ވެކްސިން ފުރިހަމަކޮށްފައިވާ ދަރިވަރުން އަދި ޓީޗަރުން މާސްކް އަޅަން ނުޖެހޭ ގޮތަށް އިސްލާހްތަކެއް ވަނީ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!