ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާދަމާ ކޭތަ ނަމާދު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މާދަމާ ހިފާ އިރު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ހެނދުނު ހިފާ އިރުކޭތަ އާއި ގުޅިގެން ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:50 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ.

އެގޮތުން މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒު، މަސްޖިދުލް ބިއްރި (ވިލިނގިލި), އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުޙައްމަދު އާލް ޘާނީ( ހުޅުމާލެ) ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!