ހަމަލާ ހުއްޓާލައި ބައިނަލްއަގްވާމީ މުޖުތަމައާ އެކު ގުޅުން ގާއިމު ކުރަން އެދެން: ތާލިބާން
އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށާއި ބައިނަލްއަގްވާމީ މުޖްތަމައާ އެކު ގުޅުންތަައް ގާއިމު ކުރަން ބޭނުންވާކަމަަށް ތާލިބާނުން ބުނެފިއެވެ.
އަފްގާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ދޯހާގައި މިއަދު ކުރިޔަށްގެންދާ ސުލްހައިގެ ބައްދަލުވުމުގައި ބައިވެރިވާ ތާލިބާނުންގެ ވަފްދުން ބުނީ ހަނގުރާމަކޮށް ބައިނަލްއަގްވާމީ މުޖުތަމައާ އެކަހެރިވެގެން އުޅުމަކީ އެޖަމާއަތުގެ އަމާޒު ނޫންކަމުގައެވެ.
ނަމަވެސް އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމާއި ބައިނަލްއަގްވާމީ މުޖްތަމައާ އެކު ގުޅުންތައް ގާއިމުކުރެވޭނީ އަފްގާނިސްތާނުގެ ދީނީ އަދި ގައުމީ މަސްލަހަތަށް ރިއާޔަތްކޮށްގެން ކަމަށާއި ކުރިން ވެސް ތާލިބާނުންގެ ސިޔާސަތު އޮތީ އެގޮތަށް ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
ތާލިބާނުން މިހެން ބުނި ނަމަވެސް އެޖަމާއަތުން ގެންދަނީ އަފްގާން ސަރުކާރުގެ ބާރުތަކާ ހަނގުރާމަ ކުރަމުންނެވެ.
އަފްގާން ސަރުކާރާ އެކު ކުރިޔަށްގެންދާ މަޝްވަރާތަކުގައި ސުލްހަ ގާއިމްކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދެވިއްޖެ ނަމަ ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ތައްޔާރަށް އޮތްކަމަށް ވެސް ތާލިބާނުންގެ ވަފްދުން ބުނެފައިވެއެވެ.އަދި ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ތާލިބާނުންގެ ސުލޫކަށް ބަދަލުތަކެއް އައިސްފައިވާކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.