ޚަބަރު

މިއަދު ވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ރައުފާ ރަޝީދު ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް ކުރިއަށްދާތީ ކަރަންޓް ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސްޓެލްކޯއިން ވިދާޅުވީ ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދު ވެސް 17:00އާއި ހަމަޔަށް ކުރަމުންދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ވާހަކަ އެންމެހާ ކަސްޓަމަރުންގެ ސަމާލުކަމަށް ޓަކައި ދަންނަވާ ކަމަށް ސްޓެލްކޯއިން ހާމަ ކުރައްވައިފައި ވެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ވިދާޅުވީ ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސްތަކުގެ އިތުރުން މިމަހުގެ 23 އަދި 24 ވާ ހުކުރު އަދި ހޮނިހިރުގައި ވެސް ކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރު ޓެކްނިކަލް މައްސަލައެއް ދިމާ ނުވާކަމަށް ވާ ނަމަ، މިމަހުގެ 24ވާ ހޮނިހިރު ދުވަހަކީ މި މަސައްކަތުގެ ފަހު ދުވަހަށް ވެގެންދާނެ ކަމަށާއި އެ ދެ ދުވަހު ވެސް ހުޅުމާލެއާއި، މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!