ދުނިޔެ

އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓަރގެ ގެކޮޅުކައިރީ ބާރުގަދަ ބޮމެއް ގޮއްވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަފްގާނިސްތާނުގައި މީގެ ކުރިން ދިން ހަމާލައެއް

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ވަރުގަދަ ބޮމުގެ ހަމަލާއެއް ދީފިއެވެ.

Ads by WAMCO

ކާރު ބޮމުގެ މިހަމަލާ ދީފައި ވަނީ އެގައުމުގެ ގްރީން ޒޯން ކައިރީގައެވެ. އަދި އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓަރ ދިރިއުޅުއްވާ ގެކޮޅާ ވެސް ގާތުގައި ދިން މިހަމަލާ އަމާޒުކޮށްފައި ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ބޮމުގެ ހަމަލާ ދިން ސަރަހައްދަކީ ސަރުކާރުގެ އިމާރާތްތަކާއި ބޭރު ގައުމުތަކުގެ އެންބަސީތައް ވެސް ހުންނަ ސަރަހައްދެކެވެ.

މި ހަމަލާއާ އެކު ކާބުލްގެ ސެކިއުރިޓީއާ މެދު ރައްޔިތުން ވަނީ ސުވާލު އުފައްދައިފައެވެ. ހަމަލާގެ ސަބަބުން ޑިފެންސް މިނިސްޓަރ ބިސްމިﷲ މުހައްމަދަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި އޭނާ ހުންނެވީ ސަލާމަތުން ކަމަށް އޭނާ ވަނީ ޓްވީޓް ކުރައްވައިފައެވެ.

މިހަމަލާގައި ހަމީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގައިފައެއް ނުވެއެވެ.

އަފްގާނިިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތާލިބާނުންނާއި އަފްގާންގެ ސަރުކާރާ ދެމެދު މަޝްރަހް ހޫނުވެފައިވާ މިދަނޑިވަޅުގައި ދިން މި ހަމަލާ ދީފައި ވަނީ މިއަދު އަފްގާން ގަޑިން ހެނދުނު 8 ޖަހާކަށް ހާއިރުއެވެ.

ތާލިބާނުން ވަނީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކާއި ޓްރޭޑިން ޕޯސްޓްތަކުގެ ކޮންޓްރޯލް ހޯދައިފަކަމަށް ރިޕޯޓްތައް ބުނެއެވެ. މަޝްރަހު ގޯސްވެފައިވާ މިދަނޑިވަޅުގައި އަފްގާންގެ އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޔޫއެންއިން ވަނީ އަފްގާން ސަރުކާރަށް ގޮވައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!