މުނިފޫހިފިލުވުން

ކޮވިޑްގެ ހާސްކަމަށް ލުޔެއް ދިނުމަށް "ދޮންއުނބަރާ ނައިޓް" މިޔުޒިކް ޝޯވ ބާއްވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑްގެ ހާސްކަމަށް ލުޔެއް ދިނުމުގެ ގޮތުން އައްޑޫސިޓީ ހުޅުދޫގައި "ދޮންއުނބަރާ ނައިޓް"ގެ ނަމުގައި މިޔުޒިކް ޝޯއެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

މި ޝޯއާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެމުން ޝޯގެ އިވެންޓު އޮގަނައިޒަރު އައިމިނަތު ޝަހުދާ ބުނީ މިއީ އައްޑޫސިޓީގެ ހުރިހާ ރަށްތަކުގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ޝޯއެއް ކަމަށެވެ.

"ކޮވިޑްއާ ގުޅިގެން އެންމެން ވެސް ތިބީ ވަރަށް ހާސްވެފައި. އެހެންކަމުން ނިންމީ މި ޝޯ ބާއްވަން" ޝަހުދާ ބުންޏެވެ.

އަޟްޙާ ޢީދު ދުވަހު ބޭއްވުމަށް ނިންމި މި ޝޯ، އެ ދުވަހު ނުބޭއްވުނީ ފަންނާނުންގެ ޝެޑިއުލް ހުރި ގޮތުން ކަމަށް ވެސް ޝަހުދާ ބުންޏެވެ.

މި ޝޯގައި ބައިވެރި ވަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ކަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝަލަބީ، ޓޯއީ އަދި ޑެވިން ކަމަށް ވެސް ޝަހުދާ ބުންޏެވެ.

"ދޮންއުނބަރާ ނައިޓް" މިޔުޒިކް ޝޯ އޮންނާނީ މިރޭ 8:30ގައި އައްޑޫސިޓީ ހުޅުދޫގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!