ޚަބަރު

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް މިރޭ އަނިޔާވެއްޖެއެވެ.

Ads by Hajj Corporation

މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވެއްޖެ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 9:30 ހާއިރު ކަމަށް ވެސް ދާނިޝް ވިދާޅުވިއެވެ.

"އޭނާ ވެއްޓުނީ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް. ވެއްޓިިި ކަނާއަތު އޮޅުމުށި ވަނީ ނެއްޓިިފައި. ވެއްޓުނީ 10 ފޫޓު މަތިން." ދާނިޝް ވިދާޅުވިއެވެ.

ކޮންޓެއިނަރު މަތިން ވެއްްޓުނު މުވައްޒަފު 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް އެމްޕީއެލްގެ މެޑިކަލްސުން ގެންދިޔަ ކަމަށާއި އޭނާއަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގި އިރު މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް(ހެލްމެޓް، ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށް ކަމަށާއި ހޮސްޕިޓަލުން މިހާރު ދަނީ އެ މީހާގެ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!