ޚަބަރު ސަރުކާރު

އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭ ގޮތަށް ހަދައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޓްޑޭ

ރާއްޖޭގައި ވަޒީފާ އަދާ ކުރަން ނޫން އެހެން ގޮތަކަށް ވިޔަފާރިއެއް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން މީގެ ފަހުން ބިޒްނަސް ވިސާއަށް އެދެން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

Ads by Hajj Corporation

މީގެ ކުރިން އިމިގްރޭޝަން މެދުވެރިކޮށް ވިސާއަށް އެދޭގޮތަށް އޮތް އޮތުން ބަދަލުކޮށް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭ ގޮތަށް އެމިނިސްޓްރީގެ ގަވާއިދު ބަދަލުކުރި ނަމަވެސް ރާއްޖޭގައި ވިޔަފާރިކުރަން ޝަރުތު ހަމަ ނުވާ މީހުންނަށް ބިޒްނަސް ވިސާ ނުދިނުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

ބިޒްނަސް ވިސާއަށް އެދުމުގެ ގަވާއިދު ބަދަލުކޮށް އިކޮނޮމިކް މިނިސްޓްރީން ގެޒެޓް ކޮށްފައިވާއިރު  30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ނަގާ ވިސާއަށް ފީއެއްގެ ގޮތުގައި 750 ރުފިޔާ ނަގާނެއެވެ. ކޮންޓްރޯލާ އޮފް އިމިގްރޭޝަނުން ވިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު އެޕްލިކޭޝަން ހުށައަޅާތާ 10 ދުވަސް ތެރޭގައި ބިޒްނަސް ވިސާ ހޯދުމުގެ ހުއްދަ ދޭނެއެވެ.

ބިޒްނަސް ވިސާ ދޫކުރުމުގެ ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު ރާއްޖޭގައި ފޭކް ވިސާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެވެ. އަދި ވަގު ލިޔެކިޔުންތަކާއެކު ރާއްޖެ އެތެރެވާ ބިދޭސީންގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!